މިރޭ ހިފާ ހަނދު ކޭތަ، ނަމާދު މާލޭ ސިޓީގެ ތިން މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ރޭ ބުނީ މިރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 23:01 ގައި ކަމަށެވެ. އަދި ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމުން އަލިވެ 03:26 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާނީ 01:14 ގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މެންދަމު 1:15 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މާލެ ސިޓީގެ ތިން މިސްކިތެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށެވެ. އެގޮތުން މާލޭގައި ކޭތަ ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައެވެ. ހުޅުމާލޭގައި ކޭތަ ނަމާދު ކުރާނީ ޝެއިހް ގާސިމް ބިން މުހައްމަދު އަލްސާނީ މިސްކިތުގައެވެ. ވިލިމާލޭގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މަސްޖިދުލް އިހްލާސްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ