ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އިންތިގާލީ މަރުހަލާގައި ލިބިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ނިންމެން ނެތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލެވެން އޮތީ 2025ވަނަ އަަހަރުގެ ޖުލައި މަހަށް ކަމަށާއި އެއީ އެމަނިކުފާނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި މިހާރުވެސް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަން ފައްޓަވާފައިވާ ކަމަށް ވިދާޅުވެ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އެއާޕޯޓުގެ މަސައްކަތް އަމިއްލައަށް ބަލާލުމަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
"ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވިއެވެ.
މި މަސައްކަތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ