ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުގެ ކުރިން ފްލެޓު ލިބޭ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެންމެ ފުރަތަމަ ފްލެޓު ލިބޭ ކަމުގެ ލިޔުން ހަވާލު ކުރާނީ ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތައް ކަނޑައަޅާ ގޮތެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ. އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.
އެ ދެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މާލެ ސަރަހައްދުގައި އިތުރު ފްލެޓުތަކެއް އެޅުމަށްއިންޑިޔާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) އާއެކު ވެސް ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ވެސް 4،000 ފްލެޓު އަޅާނެ ކަމަށްވެއެވެ. އޭގެތެރެއިން 2،000 ފްލެޓު އަޅަނީ ހުޅުމާލޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ