ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް، ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އާއި މިއަދު އެޖެންޑާ ކުރިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.
އިއްޔެ އަދި މިއަދު އޮތް މަޖިލީހުގެ ޖަލްސާ އަށް ވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އަދި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ އިދާރާ އަށް އެކަން އަންގާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.
މާދަމާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާގެ ވެބްސައިޓުގައި އާއްމު ކޮށްފައިވާއިރު މާދަމާގެ ޖަލްސާ އަށް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ. މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި