ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ.
މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
ފޭދޫ ކޯޓުން ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން ޝަރީއަތުގެ ކުރީގެ މަރުހަލާގައި އެ ކޯޓުން އެންގި އެންގުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. އެކަމަކު ޕީޖީން އެގޮތަށް އަމަލެއް ނުކުރެ އެވެ.
ފޭދޫ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތަކުރާރުކޮށް ފުރުސަތު ދިނުމުން ޕީޖީން އެ އަމުރަށް އަމަލު ކޮށްފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން 10،000ރ. އިން ޖޫރިމަނާކޮށް, އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން ކުށްވެރިންނާއި އާންމުންގެ މައްޗަށް ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ކުރިން އިއްވާފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ވަރަށް ފުރިހަމަ އަދި ކިރިޔާ ގާޒީންނަށް ތި ދަސްވަނީ ޝަރީޢަތްކުރަން
ދިވެހި ރައްޔިތުން