ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރާއްޖެ ކަނޑައަޅައިފިއެވެ.
މި ބައްޔަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ވަރަށް އާއްމުވި ބައްޔެކެވެ. މި ބަލި ޖެހޭ މީހުން ރަށުގައި ދިރިއުޅޭ އެހެން މީހުންނާއި މުޅިން ވަކިން ކަރަންޓީނު ނުވަތަ އެކަހަރިކުރެއެވެ. އެހެންނަމަވެސް 1982 ވަނަ އަހަރު ޖުޒާމް ބައްޔަށް ބޭސް ދޭން ފެށިއެވެ. އަދި މަޑު މަޑުން އެބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިޔައެވެ.
މީގެކުރިން އާއްމު ސިއްހަތަށް ނުރައްކާވާ ބައްޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޖުޒާމް ބައްޔަކީ އެ ބައްޔަކީ ނުރައްކާވާ ބައްޔެއް ނޫންކަމަށް 1997 ވަނަ އަހަރު ކަނޑައެޅިއެވެ.
ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެވުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އެކަމުގެ ހާއްސަ ފިލައެއް ރާއްޖެ އަށް ދީފައެވެ. އެ ހަނދާނީ ފިލާއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެވިއިރު، މިއަހަރުގެ ތެރޭގައި ރާއްޖެއިން ރުބެއްލާ ނައްތާލުމަކީ ވެސް ސަރުކާރުން އަމާޒު ހިފާފައިވާ ކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ