މާލެ އާއި ހުޅުމާލެ ހައިވޭގައި ހަރު ކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުގައި ހަރު ކުރުމަށް ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކުން ނޫން ކަމަށާއި އެކަމަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހައިވޭގައި ސޯލާ ހަރު ކުރުމަށް ނިންމީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، 2017ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އިއާދަކުރަނަވި ހަކަތައިގެ ދާއިރާ އިން ކުރިޔަށް ގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އެއީ 2010 ވަނަ އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތެކެވެ.
އެ ސޯލާ ޕެނަލްތައް ހަރުކޮށްފައި ވަނިކޮށް އެތަނުން އެ އެއްޗެހި ނަގާ އެހެން ތަނަކަށް ބަދަލު ކުރުން ވެގެން ދާނީ އެ ދާއިރާ އިން ރާއްޖެ އަށް އިންވެސްޓު ކުރަން ތިބި ފަރާތްތަކުގެ އިތުބާރު ކުޑަވެގެން ދާނެ އަމަލަކަށް ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އެއް ސަރުކާރުން ފަށާ ގައުމީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަކީ ގައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަން ޖެހޭ އަސާސެއް ކަމަށް ދެކި އެ މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާ އެއްގޮތަށް މިހާރުގެ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާނެ ކަމަށް ބުނެފައިވެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެންވަޔަރުމަންޓު މިނިސްޓަރުގެ ނަންބޯޑު ބުޅަލެއްގެ ކަރުގަ އަޅުވާފަ ގޮނޑީގަ ބޭންދިނަމަވެސް މިވަރުވީސް. ޢީޕީއޭގަ ތިބެނީވެސް ބޭކާރު ބައެއްކަން މިހާރު ޔަގީން ވެއްޖެ. ބޮޑު ސަރަހައްދެއްގެ މާހައުލު ހަލާކުވުމުގައި އިހުމާލު ވެފައިވާތީ މި މީހުންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެ.
އަހުމަދު