ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) އަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ ހިދުމަތްތައް ދިނުމުގައި ލަސްތަކެއް ދިމާ ވެދާނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިމިގްރޭޝަން ކައުންޓަރުތަކުގައި ބެހެއްޓިފައިވާ ސިސްޓަމްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެކަން ހައްލު ކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން މިވަގުތުގައި ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވާތީ އެކަމަށް ފަސިންޖަރުންގެ އަރިހުން މައާފަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވީއައިއޭ އަކީ ދުވާލަކު އެތައް ހާސް ފަތުރުވެރިންތަކަކަށް ހިދުމަތް ދެމުން އަންނަ އެއާޕޯޓެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ