އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރުމަށް ބާއްވާ ރަސްމިއްޔާތަށް އަވައްޓެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ދީފައި ވާނެ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ހުވާކުރާ ރަސްމިއްޔާތަށް އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރާއި ގުޅޭ ގޮތުން ފިރުޒުލް މިރޭ ވިދާޅުވީ ވަކި ބޭފުޅަކަށް ހާއްސަކޮށް ދައުވަތެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ ދައުވަތު ފޮނުވާފައި ވަނީ އަވައްޓެރި ހުރިހާ ގައުމުތަކަށް ކަމަށެވެ.
މީގެއިތުރުން ރާއްޖެއާ ހާރިޖީ ގޮތުން ގާތް ގުޅުމެއް ގާއިމް ކޮށްފައިވާ ގައުމުތަކަށް ވެސް ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައި ވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ ނޫސްތަކަށް ވެސް އެ މައުލޫމާތު އަރުވާފައި ވާނެ ކަމަށެވެ.
ފިރުޒުލް ފާހަގަކުރެއްވި ގޮތުގައި ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު އަރުވަން ޖެހޭ ފަރާތްތަކަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި ދައުވަތު އަރުވަނީ ގައުމުތަކަށް ނުވަތަ ޖަމިއްޔާތަކަށް ކަމަށެވެ.
އިންތިހާބީ ރައީސް މުއިއްޒު ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަވައްޓެރި ގައުމުތަކަށް ދައުވަތު ދީފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް އަވައްޓެރި ގައުމުތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ