ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޝަރީފް ރިޓަޔާ ކުރައްވައިފިއެވެ.
މުޅި ޖުމްލަ 28 އަހަރު ކަސްޓަމްސްގައި ހިދުމަތް ކުރެއްވި ޝަރީފް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްގައި ވަނީ ހާއްސަ ރަސްމިއްޔާތެއްގައި މިއަދު ބާއްވައިފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު ޝަރީފް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައެވެ. އެހެންނަމަވެސް އެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ނުއުމާން 2020ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެން ޝަރީފް އަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ލިބިވަޑައިގަތެވެ.
ތައުލީމީ ހަޔާތް ނިންމާލެއްވުމަށްފަހު ޝަރީފް އެންމެ ފުރަތަމަ ވެސް އަދާ ކުރައްވަން ފެއްޓެވި ވަޒީފާ އަކީ ކަސްޓަމްސްގެ ވަޒީފާއެވެ. އޭގެފަހުން އެ މުއައްސަސާގެ އެކި މަގާމުތައް ޝަރީފް އަދާ ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ