އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ވެސް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
މި މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވޭތީ މައްސަލަ ހުށަހެޅުއްވި އެމްޑީޕީން ވަނީ އެކަމުގައި ކުރިޔަށް ދެވިދާނެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން އިއްޔެ ފެށިއިރު މިއަދު ވަނީ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވައިފައެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަމަށް ހުރަހެއް ނެތް ކަމަށެވެ.
މި އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވަކާލާތު ކުރައްވާ އަފީފް ވިދާޅުވީ ހުވާ ކުރާ ޖަލްސާ ބޭއްވި ނަމަވެސް، މަޖިލީހުގެ އެޖެންޑާގެ އެންމެ ފުރަތަމަ ނަންބަރަކަށް ވާން ޖެހޭނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށެވެ.
އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހުވާ ކުރުމުގެ ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތް ކަމަށްވީ ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މައްސަލަ ކުރިމަތިވެދާނެ ކަން ފާހަގަކުރައްވާފައެވެ.
މި މައްސަލަ ޕީޕީއެމް/ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލުވެފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ މަޖިލީހުގެ އިދާރާ ގާނޫނީ ހުސް ކަމަކަށް އައިސްފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ސުޕްރީމް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް އެ ޕާޓީން ދެކެއެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ