ކެމިކަލް މާއްދާއެއް ހިމެނޭތީ ރޯގާ އަދި ކެއްސުމަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ސިޓްރިޒެންގެ ދިޔާ ބޭސް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ އެލާޓާއި ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިވަގުތު މި ކެމިކަލް ދެނެގަތުމަށްޓަކާ ކުރަންޖެހޭ ޓެސްޓު ރާއްޖޭގައި ކުރެވެން ނެތުމުން މިގޮތަށް ސްކްރީންކޮށް މި ކެމިކަލް މާއްދާ ހުރިކަން ފާހަގަކުރެވޭ ސާމްޕަލްތައް ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކުން ޓެސްޓު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު ސިޓްރިޒެންގެ ދިޔާ ބޭހުގެ ބެޗެއްގައި ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) އަދި އެތިލީން ގްލައިކޯލް (އީޖީ) އެކުލެވިގެންވާ ކަމަށް، ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ