އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެމްއެފްޑީއޭގައި ވަޒީފާ ކުރައްވަމުން ގެންދަވާ ސާޖިދާ އަށް އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދޭން ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމި އެވެ. ނަމަވެސް އެ ނިންމުން ބާތިލްކޮށް ދެވަނަ ފަހަރަށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސާޖިދާ އެ މައްސަލަ ހުށަހެޅުއްވީ އެ މަގާމު އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.އެ މައްސަލަ ސާޖިދާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ސާޖިދާއަށް އެ މަގާމު ނުދޭން ސަރުކާރުން ނިންމީ މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ސާޖިދާ ހުށަހެޅުއްވި އިސްތިއުނާފަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ފަދަ މައްސަލައެއް ކަމަށް ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ފަސްޓް ލޭޑީ މިފެއްޓެވީވެސް ސްޕްރީމް ކޯޓްގެ ހުކުމަކުންނެވެ. ކިހާވަރަކުން ދާނެބާވައެވެ.
ހުސަެނުބެ