ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށް ފަހު މިއަދު ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 14:00ގައި ބޭއްވުމަށް ހައިކޯޓުން ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލު ކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ރިޝްވަތު ދިނުމުގެ ކުށުގައި މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މީގެކުރިން ވެސް މި މައްސަލައިގެ އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް ދައުލަތުން އެދިގެން އެ އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ.
ޔާމީން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި