ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ.
ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ ހަމައެކަނި ސިފައިން ބުނާ ބުނުމަކަށް ރިއާޔަތްކޮށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކޮށް ކަމަށް ބުނެފައި ވިޔަސް، އެއީ އޮތް އެއްބަސްވުމެއް ކަން ވެސް ކަށަވަރު ކޮށްފައިވާ ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމީ އަމަލު ކުރަންޖެހޭ އިޖްރައާތުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ