ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާ ހޯދުމަށް އާއްމު ކޮމެޓީން ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަން މަޖިލީހުގެ ނާއިބު ރައީސް އީވާ ވަނީ އިއުލާން ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އެކަމުގައި ކުރިޔަށް ދެވޭނެ ގޮތެއް ހޯދަން ބަންޑާރަ ނާއިބުގެ ލަފާ ހޯދުމަށް ހުށަހަޅުއްވައިފައެވެ. އެ ލަފާއަކީ ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް، އަމީން އާއްމު ފާތިމަތު ނިއުޝާ އަށް އެހީވުމަށް ހޯދާ ލަފައެއް ކަމަށްވެސް ވިދާޅުވިއެވެ.
ބިގޭގެ އެ ހުށަހެޅުން ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި ހަތް މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު މިއަދަށް ނަޝީދުގެ މައްސަލަ އެޖެންޑާކުރިއެވެ. ހެނދުނު 9:00ގައި ފެށި އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ނަމަވެސް ގަރާރު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަމާއި އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވިދާޅުވެ، ޖަލްސާ އަށް ހުރަސް އަޅުއްވައިފައެވެ.
އަދި ރިޔާސަތުގައި އިންނެވި އަފީފް ވަނީ ފަހުން އެ ގަރާރު ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވި ކަމަށްވެސްވެއެވެ.
އޭގެފަހުން މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އީވާއެވެ. އީވާ ވަނީ ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުނު ޖަލްސާގައި ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ގަރާރުގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް އިއުލާން ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ