ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ލިސްޓު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
ޖޭއެސްސީން މިއަދު އާއްމު ކޮށްފައިވާ ލިސްޓުގައި ހިމެނެނީ ހަ ފަރާތެކެވެ. މީގެތެރޭގައި ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވާ އަބްދުލް މާނިއު ހުސައިން ވެސް ހިމެނިވަޑައިގަންނަވައެވެ. މާނިއު އަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް އިންތިހާބުކުރި ގާނޫނީ ވަކީލެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ސުންގަނޑި ހަމަވެފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއެކު ޖުމްލަ 54،300 ރުފިޔާ ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
މީގެއިތުރުން މެޑިކަލް އެލަވަންސާއި މޯބައިލް އެލަވަންސް ވެސް ރައްޔިތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ