ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ގޮތެއް ނުނިމެނީސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް އެޖެންޑާ ކޮށްދިނުމަށް އަމީން އާއްމުގެ އަރިހުން ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދުގެ މައްސަލަ މަޖިލީހަށް ފަސް ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. އެކަމަކު މަޖިލީހުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލަ ކުރިޔަށް ނުގެންދެވުނެވެ. އަދު ސުޕްރީމް ކޯޓުން އީވާ ނެތަސް މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ބުނުމުން މިއަދު ބޭއްވި ޖަލްސާގައި އެ ގަރާރު ހުށަހަޅާފައި އޮތީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ގަރާރުގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެކަން މިއަދު އީވާ ވަނީ އިއުލާން ކުރައްވައިފައެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގާނޫނުގައި ދައުލަތުގެ ބަޖެޓު ފާސްކުރަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވާ މުއްދަތު ފާހަގަކުރައްވާފައެވެ. ބަޖެޓު ފާސް ކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށާއި ނަމަވެސް ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ބަޖެޓުގެ މަސައްކަތް ކުރިޔަށް ނުދާކަން ނަޝީދު ވަނީ އެ ސިޓީގައި ފާހަގަކުރައްވާފައެވެ. އަދި އެކަން އެގޮތަށް ހިނގާފައި ވަނީ ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހެޅުމަށް ވަޑައިގެންފައި ނުވާތީ ކަމަށް ވިދާޅުވިއެވެ.
ދާދިފަހުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމުނު ނަމަވެސް ގާނޫނާއި ގަވާއިދުން ވަކި ތާރީހުތަކެއްގައި ކުރަން ޖެހޭ ކަންކަން މަޖިލީހުން ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވާތީއާއެކު އެންމެ އަވަހަށް ދެން ބާއްވާ ޖަލްސާގައި ބަޖެޓުގެ މަސައްކަތް އެޖެންޑާ ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އޮތުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ އެ މައްސަލަ އަށް ގޮތެއް ނިންމުމަށްފަހު ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވާފައި ވާތީއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އޭދޮގެއް ހަންޑި ބުނާގޮތެއް ހަދާނެ ކަމެއްނެތް ހަންޑި ބޭއަކީ އިތުބާރު ނެތްމީހެއް
ޖާނޭ