ކެމިކަލް މާއްދާއެއް ހިމެނޭތީ ރޯގާ އަދި ކެއްސުމަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ސިޓްރިޒެންގެ ދިޔާ ބޭހުގެ ހުރިހާ ބެޗެއް ބޭނުން ކުރުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) މިމަހުގެ ކުރީކޮޅު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ އެލާޓާއި ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިވަގުތު މި ކެމިކަލް ދެނެގަތުމަށްޓަކާ ކުރަންޖެހޭ ޓެސްޓު ރާއްޖޭގައި ކުރެވެން ނެތުމުން މިގޮތަށް ސްކްރީންކޮށް މި ކެމިކަލް މާއްދާ ހުރިކަން ފާހަގަކުރެވޭ ސާމްޕަލްތައް ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކުން ޓެސްޓު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު ސިޓްރިޒެންގެ ދިޔާ ބޭހުގެ ބެޗެއްގައި ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) އަދި އެތިލީން ގްލައިކޯލް (އީޖީ) އެކުލެވިގެންވާ ކަމަށް، ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެ އޮތޯރިޓީ އިން މިއަދު ބުުނީ އެ ބޭހުގެ އިތުރު ބެޗުތައް ވެސް ސްކްރީން ކުރިއިރު، ހުރިހާ ބެޗެއްގައި ވެސް އެ ކެމިކަލް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ، އެ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި