ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކުރި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ދުންމާރި ފުމެ، ހަޅޭލަވައި މަޖިލީހުގެ ޖަލްސާ ހުއްޓުވައިފިއެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން އެގޮތަށް އަޑުގަދަކޮށް އިހްތިޖާޖުކުރެއްވިއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާއެވެ. އީވާ ރިޔާސަތުން އެގޮތަށް ނަން އިއްވެވިއިރު، ޑިމޮކްރެޓްސްގެ 10 މެމްބަރަކު ގެންދެވީ ރިޔާސަތުގެ ކުރިމައްޗަށްވާ ގޮތަށް ހުރި އިދާރީ މޭޒު ދޮށުގައި އިހްތިޖާޖު ކުރަމުންނެވެ.
މިއަދުގެ ޖަލްސާ 11 ޖެހިއިރު ފެށީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތުމުންނެވެ. އެނގިފައިވާ ގޮތުން އެ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ނީންދެވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވަނީ އަންގަވާފައެވެ. ސަބަބަކީ އީވާއަކީ ނަޝީދުގެ ކޮއްކޮފުޅަށްވުމުން މަސްލަހަތު ފުށޫއަރާތީވެ، އެފަދަ މައްސަލައެއް އިންސާފުވެރިކަމާއެކު އީވާއަށް ކުރިއަށް ނުގެންދެވޭނެތީއެވެ. އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ވެސް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވަނީ ނިންމާފައެވެ. ސަބަބަކީ މީގެ ކުރިން ރިޔާސަތުގައި އިންވައި، ނަޝީދުގެ މައްސަލަ ބޭރުކޮށްލަން އަފީފު މަސައްކަތް ކުރައްވާފައިވާތީއެވެ.
ރިޔާސަތު ބަލަހައްޓާ އެންމެ ދޮށީ މެމްބަރުންގެ ތަރުތީބުން ބަލާނަމަ، ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
ޑިމޮކްރެޓުން މިއަދު އިހްތިޖާޖު ކުރީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމަށެވެ. އެގޮތުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ވަނީ މަޖިލީހުގެ ތަޅުމުގައި ދުންމާރިފުމެ، މަޖިލިސް ހުއްޓުވަން މަސައްކަތްކޮށްފައެވެ. އޭނާގެ ފަހަތުން އެ ޕާޓީގެ އެހެން މެމްބަރުންގެ ވެސް ތަޅުމުގައި އަޑުގަދަކޮށް، މަޖިލީހުގެ ނިޒާމު ގެއްލުވާލަން ވަނީ މަސައްކަތްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޙާދަރީއްޗޭ ދޯ ޑިމޮކްރޮޓިޔާ މެން ލަދެއްވެސް ހަޔާތްކުޑަބައެކޭ ޢަލީ އާޒިމް ގެންދަބަލަ ދެންޓިސްޓކަށް ދައްކަން
ޢީވާ ރޮޓިޔާ