ރައްޔިތުންގެ މަޖިލީހުގެ އާ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރަގެ މެމްބަރު މުހައްމަދު އަސްލަމް ގެންނަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވާކަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަސްލަމަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަސްލަމަކީ ރައީސް ސާލިހުގެ ރަނިންމޭޓެވެ.
މަޖިލީހަށް އާ ރައީސަކު ހޮއްވެވުމުގެ ޖަލްސާ މިރޭ 10 ގެ ފަހުން ފެށިގެން މަޖިލީހުގައި ކުރިއަށް އެބަ ގެންދެއެވެ.
މަޖިލީހަށް ރައީސަކު ހޮއްވަވާނީ ސިއްރު ވޯޓަކުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްގެ 14 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ