ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުކޮށްފިއެވެ.
އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ 53 ވޯޓުންނެވެ. އޭނާއާ އެކު، އެ މަގާމަށް ވާދަ ކުރެއްވި ޑިމޮކްރެޓްސްގެ މެމްބަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ފަސް މަޖިލީހަކަށް އޭނާ އިންތިހާބުވެވަޑައިގެންނެވިއެވެ. މެދުކެނޑުމެއްނެތި މަޖިލިސް ބަލަހައްޓަވާތީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ތެރޭގައި ވެސް އަސްލަމް ހިމެނިވަޑައިގަންނަވައެވެ.
އޭނާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އިތުރުން އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. އޭނާ ވަނީ މަޖިލީހުގައި ގިނަ ކޮމެޓީތަކުގައި މެމްބަރުކަން ކުރައްވާފައެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ 65 މެމްބަރުން އިންތިހާބުވެ، އެ ޕާޓީއަށް ބޮޑު އަގުލަބިއްޔަތެއް ލިބުމުން، 2019 ވަނަ އަހަރު، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެންނަން ރައީސް ނަޝީދު އޭރު މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އަސްލަމްގެ ބަދަލުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެ މަގާމަށް ގެނައުމަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރެއްވުމުން، މައްސަލަ ހޫނުވެ، އެންމެ ފަހުން މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް