ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ބާކީ އޮތް ދުވަސްތައް އުފެއްދުންތެރި ދުވަސްތަކަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ އާ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.
އަސްލަމް އެހެން ވިދާޅުވީ އޭނާ އިންތިހާބު ކުރުމަށް މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓަށްފަހު، ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ 12 ޖަހަން ގާތްވެފައި ވަނިކޮށް، މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން އަސްލަމް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްދެއްވީ ކަންތައްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
"... ރައީސް މުހައްމަދު ނަޝީދު، މި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މި މަޖިލީހަށާއި ދިވެހިރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ކޮށްދެއްވި ބުރަ މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރު އަދާކުރަން،" 53 މެމްބަރުންގެ އަގުލަބިއްޔަތުން މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި އަސްލަމް ވިދާޅުވިއެވެ.
"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ އޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން،"
އަސްލަމް ވިދާޅުވީ މަޖިލިސް ހިންގަވާނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމުގައި މެމްބަރުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމަށް އަސްލަމާ އެކު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅިތާ އެތައް ދުވަހެއް ފަހުންނެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް ބާއްވަން އުޅުނު އެތައް ޖަލްސާތައް ނުބޭއްވި މަޖިލީހުގެ މަސައްކަތް ހުއްޓި ދިގުލައިގެން ދިޔައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ