އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރު އިންތިހާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ބަޖެޓު ދިރާސާ ކޮމެޓީގެ މުގައްރިރާއި ނާއިބު މުގައްރިރު އިންތިހާބު ކުރުން ވަނީ ބާއްވައިފައެވެ. މަޖިލީހުގެ އިގްތިސޯދީ އަދި މާލިއްޔަތު ކޮމެޓީ އެއްކޮށްލައިގެން ކުރިޔަށް ގެންދާ ބަޖެޓު ކޮމެޓީގެ މުގައްރިރަކަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އަދި ނާއިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އިންތިހާބު ކުރައްވައިފައެވެ.
މިއާއެކު ބަޖެޓު ކޮމެޓީގެ މުގައްރިރު އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވީ ބަޖެޓު ކޮމެޓީގެ ގަވާއިދު ފާސް ކުރުމުގެ މަސައްކަތެވެ. ބަޖެޓު ކޮމެޓީ އަށް ޖުމްލަ ދެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. އެއީ ސަޕްލިމަންޓްރީ ބަޖެޓާއި 2024ވަނަ އަހަރުގެ ބަޖެޓެވެ.
އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައެވެ. ބަޖެޓު ހަރަދު ކުރުމަށް ފަސް ބަޔަކަށް ބަހާލާފައިވެއެވެ. އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައަޅާފައި ވަނީ އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށެވެ. އެއީ 8،915 މިލިއަން ރުފިޔާއެވެ. މީގެތެރެއިން ރިކަރަންޓު ހަރަދުގެ ގޮތުގައި 3،462 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 5،452 މިލިއަން ރުފިޔާ ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ