އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތާއި ގުޅިގެން އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ އެއްވެސް ބައެއް ބަންދު ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެން ދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދު ކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިހާބީ ރައީސް މުއިއްޒު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން އެކަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
މީގެއިތުރުން ފިރުޒުލް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި، 2023 ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ އަސުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ހާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި އާއްމު އުސޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދައިން އިންތިޒާމުތައް ހަމަޖެއްސުމަށް މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާއި އެއްގޮތަށް އެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން ހުކުރު ދުވަހުގެ އަސްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް (އަދި އެއްވެސް ނަމާދު ވަގުތެއްގައި) މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ