އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހާއްސަ ވަފްދެއް ރާއްޖެ ފޮނުއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވައިޓްހައުސް އިން ބުނީ ޑރ. މުއިއްޒު ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު އެމެރިކާ އަށް ލިބިފައިވާތީ އެމެރިކާގެ ރައީސް ބައިޑެންގެ ފަރާތްޕުޅުން ހާއްސަ ވަފްދެއް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގަންނަވަނީ އެމެރިކާ އިން ގައުމުތަކަށް ދޭ އެހީ ވިލަރެސް ކުރާ އިދާރާ ކަމަށްވާ ޔޫއެސް އެއިޑްގެ ވެރިޔާ ސަމަންތާ ޕަވާ ކަމަށް ވައިޓްހައުސް އިން ބުންޏެވެ.
މީގެއިތުރުން މި ވަފްދުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ ސާރާ ލަޑިސްލޯވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ވައިޓްހައުސް އިން ބުންޏެވެ.
އިންތިހާބީ ރައީސް އޮފީހުން މީގެކުރިން ބުނެފައި ވަނީ އިންތިހާބީ ރައީސް މުއިއްޒު ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެކި ގައުމުތަކަށް ދައުވަތު ފޮނުއްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއާ ހާރިޖީ ގޮތުން ގާތް ގުޅުމެއް ގާއިމް ކޮށްފައިވާ ގައުމުތަކަށް ވެސް ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވާނެ ކަމަށް އެ އޮފީހުން މީގެކުރިން ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިވަފްދާ ދެކޮޅަށް މުޒާހަރާކޮށްލާ ފަލަސްތީނުގެ އަޑު އިއްވާލަން ކެރޭނެ ހިތްވަރުގަދަ މުޖާހިދަކު ހަމަ ނެތީތަ މި ބިމުގައި
ޢަމީން ކަރިއްޔަ