އިންތިގާލީ އިންސާފުގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހަށް ވަދެފައި ވަނީ ލިޔެކިއުންތަކަކަށް ބަދަލު ގެންނަ ކަމުގެ ޝަކުވާއާ ގުޅިގެންނެވެ. މިފަދަ ތުހުމަތުތަކެއް އެ އޮފީހުގެ މައްޗަށްކޮށް އެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް ވެސް ވަނީ މިމަހުގެ 13ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 ގެ އިން ފެށިގެން ނޮބެމްބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލާފައިވާ އޮފީހެކެވެ.
އެތަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމާ ބެހޭ މައްސަލަ އާއި، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންދީދީގެ ވެރިކަން ވައްޓާލުމަށް ފަހު އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ފަދަ މައްސަލަތައް ހިމެނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ