އެމްޑަބްލިއުއެސްސީން ފަލަސްތީނަށް ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
އެ ކުންފުނިން ބުނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ރުފިޔާ ހަދިޔާކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އެ އެހީ އަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު އެ ކުންފުނި އޮތް ކަމުގެ ރަމްޒެއް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އިޒްރޭލުން މެދުނުކެނޑި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ދަނީ އެކި ގޮތްގޮތަށް އެހީވަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުނުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާލުން ވަނީ ބާއްވާފައެވެ. އިޒްރޭލު މީހުން ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށް ސަރުކާރުގައި އެދިފައިވެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 11،000 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ