އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 18 ނޮވެމްބަރުވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އެޕާޓީގެ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވުމާއި ގުޅިގެންނެވެ.
އަސްލަމް އެ މަގާމަށް އިންތިހާބު ކުރެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި