މިއަދު ފެށޭ ރިޔާސީ އާ ދައުރަކީ ދިވެހި އުއްމަތަށް ހުރިހާ ގޮތަކުން ވެސް ތަރައްގީ ގެނެސްދޭނެ ދައުރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ނާއިބު ރައީސް އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އެ ބޭފުޅުންގެ ސަރުކާރަށް ފުރިހަމަ ކާމިޔާބީ އަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނާއިބު ރައީސް ފައިސަލް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުތެރޭ މަސައްކަތް ކުރެއްވީ ހުވާގައި ސާބިތުވެ ހުރެ ރާއްޖޭގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމަށް ކަމަށެވެ.
އަދި އަމާޒަކަށް ހެއްދެވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވެ، އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް އިހުލާސްތެރިކަމާއެކު ހިދުމަތް ދިނުމަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް މުއިއްޒާއި ނާއިބު ރައީސް ހުވާ ކުރެއްވުން އޮންނާނީ މިއަދު 16:00ގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ