ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ރައްޔިތުން މަޖިލީހުގެ ހަ މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު ރާއްޖޭގެ ވެރިކަމާއި ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ހަވާލުވެވަޑައިގަންނަވާ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިއިރު އެމަނިކުފާނުގެ ކެބިނެޓުގައި 22 ބޭފުޅަކު ތިއްބަވާނެ ކަމަށް މީގެކުރިން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ކެބިނެޓުގައި ރައްޔިތުން މަޖިލީހުގެ ހަ މެންބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ. ބައެއް މެންބަރުން މިހާރު ވަނީ ކެބިނެޓަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވައިފައެވެ. މީގެތެރެއިން ގިނައީ ޕީޕީއެމް / ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް / ޕީއެންސީއާއެކު ކޯލިޝަން ހެދި އެމްއެންޕީގެ މެންބަރަކުވެސް ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވައެވެ.
އިސްތިއުފާ ދެއްވި މަޖިލިސް މެންބަރުން:- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު
- ރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
މި ހަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިސްތިއުފާ ސިޓީ ރައްޔިތުން މަޖިލީހުގެ އިދާރާ އަށް ވަނީ ހުށަހަޅުއްވައިފައެވެ. މި ބޭފުޅުންގެ އިތުރުން ރައީސް މުއިއްޒުގެ ނާއިބު ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ