ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މިހާރުގެ ވައިސް ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް އަބްދުލް ލަތީފް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ ކެބިނެޓު އައްޔަން ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޗީފް އޮފް ޑިފެންސް އަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް މުއިއްޒެވެ. ޗީފް އޮފް ޑިފެންސް އަށް އަބްދުއްރަހީމް އައްޔަން ކުރެއްވިއިރު އެމަނިކުފާނު ހުންނެވީ މޭޖާ ޖެނެރަލްގެ ރޭންކުގައެވެ.
މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ފަޔާޒު ވަނީ އައްޔަން ކުރައްވާފައެވެ. ފަޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު 2020ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޢިޒް ވިދާޅުވަނީ މިނިވަންކަމުގެ ފަލަ ރަތް ރޮނގުގެ އެތޭގަ ބޭރުގެ ސިފައިން އެބަތިބިކަމަށް ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ވިދާޅުވަނީ ރައީސް އެ ވިދާޅުވާ ބަޔަކު ނެތްކަމަށް ، މިވާ ގޮތެއް ސާފްކޮށް ރައްޔަތުންނައް ބުނެދޭން އެވަޖެހޭ
އަދުރޭ