ރާއްޖޭގެ އިމާމުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލް ކުރެވޭނެ ގޮތް ވަރަށް އަވަހަށް ތަނަވަސް ކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
އަދި އެމަނިކުފާނު ވަނީ މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާ އާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައިދެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ރޭ އިސްލާމިކް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ޝަހީމް ވަނީ ހުވާ ކުރެއްވިތާ މާގިނަ ވަގުތުތަކެއް ނުވަނީސް ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ އަންނަ އަންގާރަ ދުވަހު ހަވާލުކުރެވިގެންދާނެކަން އިއުލާން ކުރައްވާފައެވެ.
އެގޮތަށް އެކަން ނިންމެވި ސަބަބެއް ކަމަށް ޝަހީމް ވަނީ އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަޙައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް އެކަމުން ފަހިވެގެންދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ