އެކުގައި މަސައްކަތް ކޮށްގެން ދެގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ބޭންފުޅުވާ ކަމަށް އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޑރ. ޖައިޝަންކަރު އެކްސްގައި ވަނީ ފޮރިން މިނިސްޓަރަކަށް ޒަމީރު އައްޔަން ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ޒަމީރުގެ މިނިސްޓަރުކަމުގައި ދެގައުމުގެ ގުޅުން ކުރިޔަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޖައިޝަންކަރުގެ އެ ޕޯސްޓް ރީޕޯސްޓް ކުރައްވާ ޒަމީރު އެކްސްގައި ވަނީ ޖައިޝަންކަރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވިދާޅުވީ ދެގައުމުގެ މަސްލަހަތާއި ކަންބޮޑުވާ ކަންކަމުގައި އިންޑިއާ އާއި ރާއްޖެއާއެކު މަސައްކަތްކޮށް ހައްލު ހޯއްދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން އަލުން ފާހަގަކޮށް ކުރިއެރުވުމަށް،" ޒަމީރު ވިދާޅުވިއެވެ.
އިއްޔެ އެކުލަވާލި އާ ސަރުކާރާ މާ ރަނގަޅު ގުޅުމެއް އިންޑިއާއެކު ނެތެވެ. ސަބަބަކަށް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައާ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެގައުމާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވެސް އިންޑިއާ އިން ވަދެފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ