މާލޭގެ މާފަންނުގައި މީގެ ޒަމާންތަކެއް ކުރިން ގަޑިބުރު، ޒަމާނީ ބަދަލުތަކާއެކު އަލުން ހުޅުވައިފިއެވެ.
މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފެށިގެން މަސައްކަތެކެވެ. އެ މަސައްކަތް ފެއްޓެވިއިރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މިރޭ ގަޑިބުރު ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ގަޑިބުރު ހުޅުވައިދެއްވީ ރައީސް މުއިއްޒެވެ.
މި މަސައްކަތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކުރި މަސައްކަތެވެ.
މި ގަޑިބުރު ހުންނަނީ ފަރީދީ މަގާއި އޯކިޑު މަގާއި އަދި ފުނަ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައެވެ. އެންމެ ފުރަތަމަ މިގަޑިބުރު އިމާރާތްކުރީ 1990ގައެވެ. އަލުން ގަޑިބުރު އިމާރާތް ކުރީ ކުރީގެ ގަޑިބުރު އަސްލަކަށް ބަލައިގެން ނަމަވެސް ޒަމާނީ ގޮތަކަށެވެ. މި ގަޑިބުރުން ފަސް ވަގުތު ބަންގިވެސް ގޮވާނެއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް