އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެކަން ހާމަކުރީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް އަބްދުލް ހަލީލެވެ.
ފިރުޒުލް ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިނާއި ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިންނާއި ދެ ވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިންނާއި މެއިންޓެއިނެންސްގެ ކަންކަން ބެލުމަށް އިތުރު ދެ ސިފައިން ތިބި ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާ އެކު، 100 އަށް ވުރެ، ގިނަ އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި އެ އެއްބަސްވުންތައް ބެލުމަށްފަހު އޭގައި ހުރި ކަންބޮޑުވާ ކަންކަން އާންމު ކުރައްވާނެ ކަމަށްް ފިރުޒުލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި ދިރާސާ ކުރަން ބެލިޔަސް، މި އޮތީ 100 އެއްހާ އެއްބަސްވުން މި އޮތީ. އެހެންވީމަ އެ ކަންތައްތައް ކުރުމަށްފަހު، އެއާ އެކުއެކީގައި އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރަމުންދާނީ. ދެންމެ ވެސް ދެންނެވިފަދައިން އެއްބަސްވުންތައް ދިރާސާކުރުމަށްފަހު، އެއްބަސްވުންތައް ހާމަކުރާނަމޭ. އޭގައި ހުރި ކަންބޮޑުވާ ކަންތައްތައް ހާމަކުރާނަމޭ،" ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރުޒުލް ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި، 'ހަފްތާ 14' މަގުޗާޓް ގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ނިންމެވި ނިންމެވުމާއި، ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލެއް އެކުލަވާލުން ހިމެނެއެވެ.
އެގޮތުން، މިއަދު އެކުލަވާލެއްވި ތިން ކައުންސިލަކީ ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ.
މިކައުންސިލުތަކުގެ ތެރެއިން ސޯޝަލް ކައުންސިލް ޗެއާ ކުރައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ. އަދި އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓާ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވަނީ ރައީސް މުއިއްޒެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ