ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު އަދި ވައިސް ޗާންސެލަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ޗާންސެލަރަކަށް ހަމަޖައްސަވާފައި ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޝައުގީއެވެ. އަދި ވައިސް ޗާންސެލަރަކަށް ހަމަޖައްސަވާފައި ވަނީ އާއިޝަތު ޝެހެނާޒު އާދަމެވެ. މި ދެބޭފުޅުންނަށް ވެސް މަގާމުގެ ލިޔުން ވަނީ ހަވާލު ކުރައްވާފައެވެ.
މި ބޭފުޅުންގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ.
އެގޮތުން އެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައި ވަނީ ޝެއިހް އަލީ ޒާހިރެވެ. ޝެއިހް އަލީ ޒާހިރަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މަގްބޫލު ބޭފުޅެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ