އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ވަގުތުން ހުއްޓާލުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައިފިއެވެ.
މިނިސްޓަރު ޒަމީރު މިގޮތަށް ގޮވާލާފައި ވަނީ އިޒްރޭލާ ދެކޮޅަށް މާލޭގައި މިހާރު ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާގެ ބައިވެރިން ފޮރިން މިނިސްޓްރީ ހުންނަ ސަރަހައްދަށް އެއްވުމުން، އެ ސަރަހައްދަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ބައިވެރިވެ ދެއްކެވި ވާހަކަފުޅުގައެވެ.
މި ސިލްސިލާ މުޒާހަރާގެ ބައިވެރިން އަންނަނީ ރާއްޖެ އަށް އިޒްރޭލުގެ ފަތުރުވެރިން އެތެރެވިޔަ ނުދިނުމަށް ގޮވާލަމުންނެވެ. އަދި އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. މިނިސްޓަރު ޒަމީރުވެސް ވަނީ މުޒާހަރާގެ ބައިވެރިންގެ ޕެޓިޝަންގައިވާ ކަންކަން ސާފު ކުރައްވާފައެވެ.
މިނިސްޓަރު ޒަމީރު ވަނީ އެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަދާހަމަ މުޒާހަރާގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.
"ވަރަށް ގިނަ ގައުމުތަކުގެ ސަފީރުންނާއި އެކި ލެވެލްތަކުގެ ބޭފުޅުންނާއި، ހުރިހާ ބޭފުޅުންގެ އަރިހުގައިވެސް ވިދާޅުވެފައި އޮތީ އެމާޖެންސީ ސީޒްފަޔާއެއް އަޅުގަނޑުމެން ބޭނުންވާ ވާހަކަ،" މިކަމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ވާހަކަ ހިއްސާ ކުރައްވާ ޒަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއަކުން ދެންނެވުމަށް ފާސްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ