ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ އަށް ބަދަލު ކުރުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ރ. އިސްމާއީލް ޝަފީއު މިއަދު ވަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރިޔަށް ދިޔައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ 2025ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކޮށް، ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލު ކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އައު އަހަރު އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް ނިންމީ ކޮވިޑް19ގެ އާލަމީ ވަބާގެ ސަބަބުންނެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވާ ގޮތުގައި އެ ބަދަލުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ މިހާރު ބޮޑު ޗުއްޓީ އަންނަނީ ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށާއި އެހެންކަމުން ބަންދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށެވެ.
" އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ،" މުއިއްޒު ވިދާޅުވިއެވެ.
"ނަގަން ޖެހޭ ފިލާވަޅުތައް ނަގައިގެން އަނބުރާ ގެންދެވޭނީ 2025 ގެ ޖެނުއަރީގައި ފެށިގެން އަހަރު ކުރިން އޮތް ގޮތަށް ބަދަލު ކުރެވޭނީ،"
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ