މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަކަށް ޔޫސުފް މާނިއު މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށާއި، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފައެވެ.
ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަނު ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިއު ކުރެއްވިއެވެ. މި ރައީސް އޮފީހުން ބުނީ މާނިއު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްްޔަން ކުރައްވައިފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ޒަރީރެވެ.
މި ދެބޭފުޅުންގެ ތެރެއިން މާނިއު އަކީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ބޭފުޅެކެވެ. އަދި ހަސަން ޒަރީރަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ