ކުރީގެ ކުނިކޮށި ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅައި އެ މަސައްކަތް ރައީސް މުއިއްޒުގެ 'ހަފުތާ 14' ގައި އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ބިމަކީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.
އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.
އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް އެމަނިކުފާނު ވައުދުވެޑައިގެންފައިވާ ކަމެކެވެ.
ކުރީގެ ކުނިކޮށި ހުރި ބިމުގައި އަރަބިއްޔާ އެޅުމަށް ސަރުކާރުން ނިންމިއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ ބާ ޖަމާލުއްދީން ހުރި ބިމުގައި އެ ސްކޫލު އިމާރާތް ކުރުމަށެވެ. އަދި އަންނަ އަހަރުގެ ދިރާސާ އައު އަހަރަށް އެ ސްކޫލުގެ މަސައްކަތް ނިމޭވަރު ވާނެ ކަމަށް ކުރީ ސަރުކާރުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ