އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި އިމާރާތް ކޮށްފައިވާ އިސްލާމީ މަރުކަޒު ވެސް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލު ކުރުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރ. އުނގޫފާރުގައި ޝަހީދު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ގާއިމުކޮއްފައިވާ އިސްލާމިކް ސެންޓަރުގައި އިސްލާމީ އިލްމު ފެތުރުމަށް، އަންނަ ހަފްތާގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ ހަވާލު ކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގދ. ތިނަދޫގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ އިސްލާމިކް މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލު ކޮށްފައެވެ.
އައިޔޫއެމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އައިޔޫއެމްއާ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝަހީމެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗައިސް ޗާންސެލަރު އަލީ ޒާހިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މިއަދު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫ އިސްލާމިކް މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގޭނެ ފަސޭހަ ގޮތްތަކެއް މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ. މިހާރުވެސް ތިނަދޫގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔަ ނަމަވެސް އައިޔޫއެމްގެ އަމިއްލަ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި އައިޔޫއެމްގެ ކޯސްތައް ފެށުމަށް ފަހިވެގެން ދާނެ ކަމަށެވެ. އައިޔޫއެމްގެ ހަރުދަނާކޮށް އެ ޔުނިވާސިޓީ އިތުރަށް ފުޅާކޮށް އައު އިމާރާތެއް އެ ޔުނިވާސިޓީ އަށް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ