ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ މައްސަލަ ހޫނުވެ، ޕީޕީއެމްގެ ސެނެޓަރުން ތިބޭ ވަޓްސްއަޕް ގްރޫޕުން، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ބޭރުކޮށްލައިފިއެވެ.
ރޭ މަލީހު އިސްވެ ހުންނަވައިގެން ޕީޕީއެމް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ލީޑާޝިޕްގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު ނެތެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ރައީސްގެ އެދުމުގެ މަތިން ހާއްސަ ކޮމެޓީއެއް އުފެއްދި ކަމަށް ހާމަ ކޮށްފައެވެ. އަދި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވި ކަމަށް ބުނެ އެކަން ވެސް އިއުލާންކުރިއެވެ.
ނަމަވެސް ހީނާ ވަނީ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިކަންކަން ޕީޕީއެމްގެ ސެނެޓަރުން ތިބޭ ވަޓްސްއަޕް ގްރޫޕުގައި ހޫނުވިއެވެ. އަދި ވަކިން ހާއްސަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ނަމަ އެކަން ސެކްރެޓަރީ ޖެނެރަލާއި ތަރުޖަމާނަށް އެނގެން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި އޮންނަ ކަމަށް ސެނެޓަރުން ވިދާޅުވެފައިވެއެވެ.
އެކަމާއި ގުޅިގެން ސެނެޓަރުން ތިބޭ ވަޓްސްއަޕް ގްރޫޕު ހޫނުވުމުން އެ ގްރޫޕުގައި އިންނެވި މަލީހު ވަނީ ބޭރު ކޮށްލައިފައެވެ. އެނގިފައިވާ ގޮތުގައި މަލީހް ބޭރު ކޮށްލީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ރޭ ޕީޕީއެމްގެ ސެނެޓަރުން ވަނީ މަލީހަކީ ހާއިނެއް ކަމަށާއި ޣައްދާރެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ބައެއްގެ އަމިއްލަ ފައިދާއަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ނުކުޅެވޭނެ ކަމަށް ވެސް ބައެއް ސެނެޓަރުން ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި