މިސްކިތު ފަންޑަށް ފައިސާ ހޯދުމަށްޓަކައި ދެވަނަ ވަގުފް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖެނުއަރީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށެވެ. މިހާރު ގާއިމު ކުރެވިފައިވާ ވަގުފު ފަންޑު ބިލްޑިން (ދާރުލްއީމާން) އިން އަހަރަކު ހަ މިލިއަނެއްހާ ރުފިޔާ ފަންޑަށް ވަދެެއެވެ.
މިފައިސާތައް ހަރަދު ކުރަމުން ދަނީ މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށެވެ.
ވަގުފު ފަންޑަށް ފައިސާ ހޯދުމަށް އިމާރާތްކުރި ނުވަ ބުރީގެ އިމާރާތެއް އެންމެ ފުރަތަމަ ހުޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2017ވަނަ އަހަރުއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަގުފް އިމާރާތެއް އެޅުމަށް ނިންމިއެވެ. އަދި ހުޅުމާލެ އިން އެކަމަށް ބިމެއް ލިބިގެން ދާނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފައިވެސްވެއެވެ. މި ސަރުކާރުން ވަގުފް އިމާރާތް އެޅުމަށް ނިންމާފައި ވަނީ ކޮންތަނެއްގައި ކަމެއް އަދި ހާމައެއް ނުކުރެއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް