އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް، އަދި ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ދިވެހިން ތިބިކަން ހާމަ ކުރުމަށް މާދަމާ އެއްވުމަށް ބާއްވަން ނިންމައިފިއެވެ.
މި އެއްވުން އިންތިޒާމު ކުރަނީ ދިވެހި ޒުވާނުންތަކެކެވެ. އެ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން "ހަތާވީސް" އަށް މިއަދު ކިޔައިދިން ގޮތުގައި މާދަމާ ރަސްފަންނު ސަރަހައްދުގައި ހަވީރު 16:00ގައި އެެއްވުން ކުރިޔަށް ދާނެއެވެ. އެ އެއްވުމަކީ ފަލަސްތީނުގެ ދިފާއުގައި ދިވެހިން ތިބިކަން ހާމަ ކުރުމަށް ބާއްވާ އެއްވުމެއް ކަމަށް ބުންޏެވެ.
އެހެންކަމުން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު އެ އެއްވުމުގައި ބައިވެރިވުމަކީ އެ އެއްވުން އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބުންޏެވެ.
އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ރާއްޖޭގައި އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މީގެކުރިން ވެސް ޒުވާނުންތަކެއް އިސް ނަގައިގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.
އަދި މިފަހަކަށް އައިސް އިސްރާއީލުގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް ގޮވާލާ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ