އިއްޔެ (22 ނޮވެމްބަރު 2023)ގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި 1.6 މިލިއަން ފަތުރުވެރިންނަކީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1.4 މިލިއަން ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް އައިއިރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ހުރި ކަމަށް ތަފާސް ހިސާބުން ދައްކަނީ އަހަރުގެ ފުރަތަމަ ތިން މަހުއެވެ. މީގެތެރެއިން ވެސް ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގިނައެވެ. އެމަހު 177,915 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް ރާއްޖެ އަށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ހަފްތާއަކަށްވުރެ ގިނަ ދުވަހު އެއިން ކޮންމެ ފަތުރުވެރިޔަކު ވެސް މަޑު ކުރާ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ