ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަޝްވަރާކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެފައި ވަނީ ޖޭޕީގެ ކައުންސިލުން ނަގާފައިވާ ހާއްސަ ކޮމެޓީގެ މެންބަރުން ކަމަށެވެ. އެ ކޮމެޓީގައި ތިއްބެވި ގިނަ ބޭފުޅުންނަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އޭރުގެ ރައީސް ޔާމީން ބަލިވެ، މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށް ވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ޖޭޕީއާ ގުޅުނު ބޭފުޅުންނެވެ. އޭގެތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާނާއި ވިލިފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ހިމެނިވަޑައިގަންނަވައެވެ.
އެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނާއެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) އާއި ޕީއެންސީގެ ނާއިބު ރައީސުން ކަމަށްވާ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޭޕީއާއެކު ޕީއެންސީން މަޝްވަރާ ބައްދަލުވުމެއް ބޭއްވިއިރު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް އިން ނިކުންނާނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާއެކު ކަމަށް އެޕާޓީގެ ސެނެޓުން ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިއީ ނުރައްކާ ބަޔެކެވެ. ރައީސް ސޯލިހަށް ލަނޑުދީފައި މިހާރު އެއުޅެނީ ރައީސް މުއިއްޒަށް ލަނޑެއް ދެވޭތޯއެވެ. ސިތާސީ ކަންކަމާ އުޅޭވަރެއްގެ ވޯޓެއްވެސް ލިބުނު ބަޔެއް ނޫނެވެ. ގާސިމްގެ މަކަރު ހުންނާނެއެވެ.
ޢަލިކޮއި