ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވުމަށްފަހު ޕާޓީގެ ލީޑާޝިޕާއި ޖެހުނު މައްސަލައަކާއި ގުޅިގެން އެޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ މުއައްސަސިކަށް ދަރިކަލުން ޒެއިން ހަމަޖައްސައިފިއެވެ.
މި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މުއައްސިސުންނަށް އެދި 8 ބޭފުޅެއްގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް ފޮނުވި ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު ބުނާ ގޮތުން މުއައްސިސަކަށް ވެވޭނީ އެންމެ ބޭފުޅަކަށް ކަމަށެވެ.
އެހެންކަމުން މުއައްސަސިކަށް ރައީސް ޔާމީންގެ ދަރިކަލުން ހަމަޖެއްސީ ކަމަށް މަލީހް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވުމަށްފަހު ޕާޓީގެ ލީޑާޝިޕާއި ޖެހުނު މައްސަލައަކާއި ގުޅިގެން އެޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ އަށް ކިޔަނީ މޯލްޑިވްސް ނޭޝަނަލް ފްރަންޓެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމަށް ނިންމެވީ ޕީޕީއެމްގެ ލީޑާޝިޕާއި އަދި ޕީއެންސީގެ ލީޑާޝިޕުގެ އިތުރުން ރައީސް މުއިއްޒާ ދެމެދު ގުޅުންތައް ހީނަރުވުމުން ކަމަށްވެއެވެ. ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ އައު ޕާޓީއެއް އުފެއްދިއިރު ޕީޕީއެމް ހިންގަމުން އަންނަ އިމާރާތުގެ ވެރިޔާ މިހާރު ވަނީ އެޕާޓީގެ އޮފީސް އެ އިމާރާތުން ހުސް ކުރުމަށް ވެސް އަންގައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ