ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ "އަންކާރާ ފެސްޓިވަލް" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ރޭ ގައުމީ ޔުނިވާސިޓީގައި ބޭއްވި "އަންކާރާ ނައިޓް" ކުރިޔަށް ގެންގޮސްފައި ވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެންނެވެ. އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް އާއިޝަތު ނަޒާހަތު ރޭ "ހަތާވީސް" އަށް ވިދާޅުވީ ހީކުރި ވަރަށްވުރެ މާ ބޮޑު ތަރުހީބެއް "އަންކާރާ ފެސްޓިވަލް" އަށް ލިބިއްޖެ ކަމަށެވެ.
ލައިވް މިއުޒިކާއެކު ކުރިޔަށް ގެންދިޔަ "އަންކާރާ ފެސްޓިވަލް"ގައި އަންކާރާގެ އިތުރު ޕްރޮޑަކްޓުތައް ވެސް ތައާރަފު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީ އިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.
އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖާއި ތަރުކާރީއާ ބުރޭން އަދި ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ އެސްޓީއޯ ޕީޕަލް ޗޮއިސް އިން ލިބެން ހުރެއެވެ.
އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ކުޑަކުދިން ނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ