ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު މިނިސްޓަރުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބެލުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހް ވަނީ ބައެއް މިނިސްޓަރުންނަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވި ބޭފުޅުން ކަމަށް ވާތީ އެބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބަލަންޖެހޭ ކަމަށެވެ.
އެކަން ބަލައި ދިނުމަށް އިމިގްރޭޝަންގައި އެދުނު ކަމަށާއި ނަމަވެސް އެއީ އެ އިދާރާގެ މެންޑޭޓެއް ނޫން ކަމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަނީ މިނިސްޓަރުން ހާޒިރު ކުރުމަށް ހުށަހަޅައިފައެވެ. އެކަމަކު ރުހުންދޭ މަރުހަލާގައި މިނިސްޓަރުން ކޮމެޓީއަކަށް ހާޒިރެއް ނުކުރެވޭނެއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ ރައީސް އޮފީހުން އެކަން ސާފު ކުރުމަށް ހުށަހަޅުއްވައިފައެވެ. އޭނާގެ ހުށަހެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ތާއީދު ކުރެއްވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި